ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސައިންސް ފެއާރ ބާއްވައިފި

1325
0

ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި، 2024 ވަނަ އަހަރުގެ ސައިންސް ފެއާރ ބާއްވައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ 9 ފެބްރުއަރީ 2024 ވީ ހުކުރު ދުވަހުއެވެ. މި ހަރަކާތަކީ ސައިންސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

ސައިން ފެއާރގައި ބައިވެރިވުމަށް ފައުންޑޭޝަން ސްޓޭޖްއިން ފެށިގެން ގްރޭޑް 12 އާ ހަމަޔަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ޖުމްލަ 269 ދަރިވަރުން ވަނީ މި ސައިންސް ފެއާރގައި ބައިވެރިވެފައެވެ. މި ހަރަކާތުގެ ތެރެއިން ކުދީންގެ ތަފާތު އެކިއެކި ހުނަރުތައް ފެނިގެން ދިޔައެވެ.

މިފަދަ ހަރަކާތެއް ބޭއްވުމުގެ މަޤުސަދަކީ ކުދީންގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ސައިންސަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމެވެ. އަދި ކުދީންގެ އިޖްތިމާޢީ ހުނަރުތައް ތަރައްޤީކޮށް އެ ހުނަރުތަކަށް އަހުލުވެރި ކުރުވުމެވެ.

މި ހަރަކާތުގެ ތެރެއިން ދަރިވަރުންގެ ހުނަރުވެރިކަމާއި އިސްނެގުން ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ. މިއީ މި ސްކޫލްގައި ސައިންސް ފެއާރ ބޭއްވިގެން ދިޔަ 7 ވަނަ އަހަރެވެ.

Leave a Reply

Your email address will not be published. Required fields are marked *