ތަރައްގީގެ ޗޭނުފައްޗަށް ބޮޅަކަށް ފަހު ބޮޅެއް އިތުރުވާ ބީދައިން އަދުގެ ދުނިޔޭގައި ޓެކްނޮލޮޖީގެ އެތައް ވަސީލަތްތަކެއް އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ. އެގޮތުން ސްމާޓު ފޯނަކީ ތަރައްޤީވެފައި މިވާ މުޖުތަމައުތަކުގައި އެންމެ އުހުގައި ކުރިއަރަމުންދާ އެއް ފަންނިއްޔާތީ ވަސީލަތެވެ. ނަމަވެސް މި ވަސީލަތުގެ ސަބަބުން އަދުގެ ކިޔަވާ ކުދިންނަށް ވަނީ އެތައް ގެއްލުންތަކެއް ކުރިމަތިވެފައެވެ. ސްމާޓް ފޯނަކީ ދަރިވަރުންގެ ކިޔެވުމަށް އެޅޭ ހުރަހެކެވެ. އެހެންކަމުން މި ފަންނިޔާތަކީ އަދުގެ ކިޔަވާ ކުދިންނަށް ހުރި ބޮޑު ނުރައްކަލެކެވެ. އެގޮތުން އަޅުގަނޑު މި ލިޔުމުގައި މި އަލިއަޅުވާލަނީ ސްމާޓް ފޯނުގެ ސަބަބުން ދަރިވަރުންނަށް ލިބޭ ގެއްލުމުގެ މައްޗަށެވެ.

   ސްމާޓް ފޯނަކީ ދަރިވަރުންނަށް އެތަކެއް މަންފާއެއް ފޯރުކޮށްދޭ ފަންނިޔާތެއް ނަމަވެސް ދަރިވަރުންނަށް ހުރި ވިހަގަދަ ހަރުފައެއް ފަދަ އެއްޗެކެވެ. މި ވަސީލަތުގެ ސަބަބުން މި ފަދަ ގެއްލުންތައް ލިބޭނެ ކަމަށް ގަބޫލުކުރެވެނީ ސްމާޓު ފޯނުގެ ސަބަބުން ވަގުތުގެ ބޭނުން ހިފުމުގެ މުހިއްމުކަން ދަރިވަރުން ހަނދާންނެތިގެން ދާތީއެވެ. އެގޮތުން ތަފާސް ހިސާބުތަކުގެ ދިރާސާތަކުން ދައްކާ ގޮތުގައި ފަންނިއްޔާތުގެ ޒަރީއާއިން "ޕަބްޖީ" އަދި "ދަ ބްލޫ ވޭލް ޗެލެންޖް" ފަދަ ގޭމުތައް ކުޅުމުގައި ޅަ އުމުރުގެ ދަރިވަރުންދަނީ މުޅި ދުވަސް ބޭކާރު ގޮތުގައި ހޭދަކުރަމުންނެވެ. މިކަމުގެ ސަބަބުން ނަމާދުގެ ގަޑިތަކަށް އަހަންމިއްޔަތު ކަމެއް ނުދެވި ދުނިޔަވީ ކަންކަމާ ދިމާލަށް ހެއްލިގެންދެއެވެ. އެހެންކަމުން ސްމާޓް ފޯނަކީ ކިޔަވާ ދަރިވަރުންނަށް ހުރި ބޮޑު ގެއްލުމެކެވެ.

   އަޅުގަނޑު ދެކޭގޮތުގައި މޯބައިލް ފޯނުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ވެސް ނުހަނު ގިނަ ގެއްލުންތަކެއް ލިބިގެންދެއެވެ. އެގޮތުން މި ވަސީލަތުގައި ގިނަ ވަގުތު ހޭދަކުރުމުން ކުޑަކުދިންގެ ލޮލުގެ ފެނުން ނުސާފުވެ ލޯ ކައިރި ދުޅަވެ ރިއްސުންފަދަ ގެއްލުންހުރި ކަންކަން ދިމާވެއެވެ. އަދި ހަމަމިއާއެކު ސްމާޓު ފޯނުގެ ސަބަބުން ކުޑަކުދިންގެ ސިކުނޑިއަށް ވެސް އެތައް ގޮތަކުން ނުރައްކާވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ސިކުނޑީގެ ކެންސަރަކީ އުމުރުން 15 އަހަރު ނުފުރޭ ކުދިން އެންމެ ގިނައިން މަރުވާ ދެވަނަ ސަބަބެވެ. މިކަން މިހެން ދިމާވާ މައިގަނޑު ސަބަބަކީ ގިނައިރު ފޯނު ބެލުމުގެ ސަބަބުން ސިކުނޑީގެ ދިރުން ލަސްލަހުން ކެނޑިގެންދާ ދިއުމުންނެވެ. އެހެންކަމުން ސްމާޓު ފޯނަކީ ކުޑަކުދިންގެ ސިއްހަތަށް ވެސް ނޭދެވޭ އަސަރުކުރާ ވަސީލަތެކެވެ.

   އިސްލާމްދީނުގެ އަޤީދާ ބަލިކަށިވުމަކީ ވެސް ސްމާޓް ފޯނުގެ ސަބަބުން މާއްދީގޮތުންނާއި އުޚްރަވީގޮތުން ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އެގޮތުން މިއުޒިކަކީ މާތްވެގެންވާ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ އެއްޗެކެވެ. އެހެންނަމަވެސް ސްމާޓް ފޯނުގެ ޒަރީއާއިން ތަފާތު ބަސްބަހުގެ މިއުޒިކާއި ލަވަތައް އަޑުއަހައި އެމީހުންގެ އަމަލުތައް ނަކަލުކުރަން މަސައްކަތްކުރެއެވެ. ހަމަމިއާއެކު އިންޓަނެޓުގެ ޚިދުމަތް މެދުވެރިކޮށް އުމުރާ ނުގުޅޭ ތަފާތު ވީޑިއޯތަކާއި ފޮޓޯތައް ވެސް ބަލައިއުޅެއެވެ. މިކަހަލަ ކަންކަމުގެ ސަބަބުން ދަރިވަރުން ދުނިޔަވީ ދިރިއުޅުމަށް އެއްކޮށް ހުސްވެގެންދެއެވެ. އެހެންކަމުން ޓެކްނޮލޮޖީގެ މި ވަސީލަތަކީ ދަރިވަރުންގެ އަޤީދާ ބަލިކަށިކޮށް ދުނިޔަވީއުފާ ހޯދުމަށް ބާރުއަޅާ ވަސީލަތެކެވެ.

   ސްމާޓު ފޯނުގެ ސަބަބުން ލިބޭ އިތުރު ގެއްލުމަކީ މީސްމީޑިޔާގެ ތެރޭގައި ދަރިވަރުން އެކްޓިވްވެ އުޅުމުގެ ސަބަބުން ގަނާކުރުމުގެ ޝިކާރައަކަށް އެކުދިން ވެގެން ދިޔުމެވެ. މިކަމުގެ ސަބަބުން ސްކޫލުފަދަ މީހުން ގިނަ ތަންތަނަށް ދިއުމަށް ޖެހިލުންވެއެވެ. ހަމަމިއާއެކު މިފަދަ ކަންކަމުގެ ސަބަބުން ކުދިން ޑިޕްރެޝަނަށް ގޮސް ކަންކަމާމެދު ފިކުރުކޮށް އަމިއްލަ ނަފްސަށް ގެއްލުންދޭ ހިސާބަށްދެއެވެ. އެހެންކަމުން މި މަންސަތަކުގެ ސަބަބުން ދަރިވަރުންގެ ސިކުނޑިއަށް ނޭދެވޭ އަސަރުކޮށް ނަފްސާނީ ބަލިތަކަށް މަގުފަހިވެގެންދެއެވެ.   ސްމާޓު ފޯނަކީ ކިޔަވާ އުމުރުގެ ދަރިވަރުންނަށް އެތައް ގޮތަކުން ގެއްލުން ލިބޭ އެއްޗެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. މިގޮތުން މި ފަންނިއްޔާތުގެ ސަބަބުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން އުނދަގޫވެގެންދެއެވެ. ހަމަމިއާއެކު ސްމާޓު ފޯނުގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ވެސް އެތަކެއް ނުރައްކާ ކުރިމަތިއެވެ. އަދި އިސްލާމްދީނާއި ދުރުހެލިވެ އަޤީދާ ބަލިކަށިވުމުގެ އިތުރުން ސްމާޓު ފޯނުގެ ސަބަބުން ކުޑަކުދިންނަށް އެހެންމީހުންގެ ފަރާތުން އުނދަގޫތަކާ ވެސް ކުރިމަތިވެއެވެ. ވީމާ، ސްމާޓް ފޯނަކީ ކުދިން ކިޔެވުމާއި ދުރުކޮށް ދަރިވަރުންނަށް އެތައް ގެއްލުންތަކެއް ލިބޭ އެންމެ ނުރައްކާތެރި އެއް ފަންނިއްޔާތެވެ.