ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓޫޑެންޓް ކައުންސިލްގެ އިލެކްޝަން ބާއްވައިފިއެވެ.

މި އިންތިޚާބު ބާއްވާފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ. މި އިންތިޚާބުގައި ޖުމްލަ 38 މަގާމަކަށް 115 ކުދިން ވާދަކޮށްފައިވެއެވެ. މި އިންތިޚާބުގައި ސްކޫލުގެ ގްރޭޑް 5 އިން މަތީގެ ހުރިހާ ދަރިވަރުން ވޯޓުލާފައިވެއެވެ.

ސްޓޫޑެންޓް ކައުންސިލް އިންތިޚާބުގެ ނަތީޖާ ދަރިވަރުންނާ ހިއްސާކުރަނީ | ފޮޓޯ: ސްޓޫޑެންޓް ކައުންސިލް

މިއީ ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓުޑެންޓް ކައުންސިލަށް ދަރިވަރުން ހޮވުމަށް އިންތިޚާބު ބާއްވާ 10 ވަނަ އަހަރެވެ.