1986ވަނަ އަހަރުން ފެށިގެން ރ. އަތޮޅު ތައުލީމީ މަރުކަޒުގައި ޗާޕުކޮށްގެން ނެރެމުން އަންނަ "އިރު" މަޖައްލާ, އޮންލައިން މަޖައްލާއަކަށް ބަދަލުކޮށް, އައު ވެބްސައިޓް ރޭ އިފްތިތާހުކޮށްފިއެވެ.
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ރޭ ކުރިއަށްދިޔަ އިފްތިތާހީ ދަރުބާރުގައި, އައު ވެބްސައިޓް ލޯންޗުކޮށްދެއްވީ, ހަފްލާގެ ޝަރަފުވެރި މެހުމާނު, މަޑުއްވަރީ ސްކޫލުގެ ޕްރިންސިޕަލް, އަލްފާޟިލް ޢަބްދުالله ޙަލީމެވެ.
ރޭގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު ވަސީމް ފާހަގަކުރެއްވިގޮތުގައި, އިރު މަޖައްލާ އޮންލައިން ޕްލެޓްފޯމަކަށް ބަދަލުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ, ޒަމާނާގުޅޭ ބަދަލުތައް މަޖައްލާއަށް ގެނައުމާއެކު, އައު އޯޑިއަންސަކަށް މަޖައްލާ ހުޅުވާލުމާއި އަދި ވީހާވެސް ގިނަ ދަރިވަރުންނަށް މަޖައްލާގައި ލިޔުންތައް ޝާއިޢުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި މަޖައްލާގެ ހުރިހާ ކަމެއްވެސް ކުރަމުން ގެންދާނީ ސްކޫލުގެ ދަރިވަރުންގެ މައްޗަށް އެކުލެވޭ އެޑިޓޯރިއަލް ބޯޑަކުންނެވެ. އަދި މުޅި މަޖައްލާގެ ބަލަދުވެރި ފަރާތަކީ ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓޫޑެންޓް ކައުންސިލެވެ.
ޚިޔާލު (0)
ޚިޔާލެއް ދޫކޮށްލާ